English Edition
Dhivehi Edition

އިޒްރޭލުގެ ހާރެޓްޒް ނޫހުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާ ހަވާލާދީ ރިޕޯޓު ކޮށްފައި ވަނީ ދޮގު ވާހަކަތެކެއް ކަމަށް ފަލަސްތީން ސަރުކާރުން ވިދާޅުވެއްޖެއެވެ.

ހާރެޓްޒް ނޫހުން ބުނެފައިވަނީ އިޒްރޭލުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ބޭއްވި ބައްދަލުވުމެއްގައި، އެގައުމުގެ އާސަރުކާރުން ހަމާސް ޖަމާއަތުގެ އެއްވެސް މީހަކަށް ފުރުސަތެއް ދެއްވާނީ އެޖަމާއަތުން އިޒުރޭލު ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރުމުން ކަމަށެވެ. އެހެންނަމަވެސް ފަލަސްތީނުގެ ފަތުހު ޖަމާއަތު ސޯޝަލް މީޑިއާގައި އާންމު މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ، ހާރެޓްޒް ނޫހުގައި އައްބާސާ ހަވާލާދީ ބުނެފައިވަނީ ހަގީގަތެއް ނޫންކަމަށެވެ.

ފަލަސްތީނުގެ އާ ސަރުކާރު އެކުލަވާލުމަށް މަސައްކަތް ކުރަމުންދަނީ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާ ގުޅިގެންނެވެ. ނަމަވެސް އަލަށް އުފައްދާ ސަރުކާރުގައި ހަމާސް ޖަމާއަތުން އެއްވެސް ސިފައެއްގައި ބައިވެރި ވާނަމަ އިޒްރޭލުން މަޝްވަރާ ނުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ މައި ދެ ޖަމާއަތް ކަމަށްވާ ފަތަޙް ޖަމާއަތާއި ހަމާސް ޖަމާއަތުން މިހާރުވަނީ ހަތުރުވެރިކަން ދޫކޮށް ސުލްހަވުމަށް އެއްބަސްވެފައެވެ.