English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ތައްޔާރު ކުރެވިފައިވާ “ކަށުކަމާކެމީގެ ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު” އާއި ގުޅިގެން ހިތަދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި

  • މުސްލިމަކު ކަމުގައިވުން
  • ބާލިޣުވުން
  • ބުއްދި ސަލާމަތުން ހުރުން
  • ކަށުކަމާކެމީގެ ކަންތައް ރަނގަޅަށް ދަންނަ މީހަކު ކަމުގައިވުން
  • އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން ހިމެނެއެވެ.

މި ޕޫލުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 އޮކްޓޫބަރު 2022ގެ 13.30ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އައްޑޫސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ ހިތަދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.