ކެޓެލޯނިއާއިން މިނިވަންކަން އިއުލާން ކޮށް އުފެއްދި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ސްޕެއިނުން ދައުވާކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ހޯޒޭ މަނުއެލް މާޒާ ވަނީ ޔަގީން ކޮށްދެއްވާފައެވެ.
ސްޕެއިން ސަރުކާރުން ވަނީ ކެޓެލޯނިއާގެ ސަރުކާރަކީ ޤާނޫނާ ޚިލާފް ސަރުކާރެއް ކަމަށް ކަނޑައަޅާފައެވެ. މިދިޔަ ހުކުރު ދުވަހު ކެޓެލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުންވަނީ މިނިވަންކަން އިއުލާންކޮއްފައެވެ. އަދި ވަކިވެގަނެ ރަސްމީކޮށް އަމަލު ކުރަން ފަށާފައެވެ. ނަމަވެސް ސްޕެއިންގެ މައިސަރުކާރުން ވަނީ އެގައުއުމުގެ ގާނޫނީ 155 ރަސްމީކޮށް ތަންފީޒު ކޮށް ކެޓެލޯނިއާ ސަރުކާރު ޤާނޫނާ ލާފް ކަމަށް ކަނޑައަޅާފައެވެ.
އެހެން ކަމުން ސްޕެއިން ސަރުކާރުން ކެޓެލޯނިއާގެ ސަރަހައްދީ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ދައުވާ ކޮށް ސާބިތު ވެއްޖެނަމަ އެއިން ކޮންމެ މީހަކަށް 30 އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ކެޓެލޯނީއާގެ ލީޑަރު ކާލްސް ޕުއިގްޑެމޮންޓް އެގައުުގެ މިނިވަންކަން އިއުލާންކުރީ އޮކްޓޯބަރ 10 ވަނަ ދުވަހު އެވެ. ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް އޮތީ ނުފަށަވެ. އެއީ މަޝްވަރާ ތަކަށް ޖާގަ ދިނުމަަށް ކަމަށް އެފަރާތުން އޭރު ވަނީ ބުނެފައެވެ.
ސްޕެއިންގެ ބޮޑުވަޒީރު މާރިއޯ ރަޖޯއި ވަނީ 21 ޑިސެމްބަރުގައި ސަރަހައްދީ އިންތީހާބެއް ބޭއްވުމަށް ތަައްޔާރު ވަމުންދާ ކަމަށް އިއުލާން ކޮށްފައެވެ. އަދި މިހާރު އޮތް ސަރަހައްދީ ސަރުކާރު ވަނީ އުވާލެވިފައި ކަމަށްވެސް ވަނީ ބުނެފައެވެ.