English Edition
Dhivehi Edition

ކޮމެޑީ ޝޯއެއް ކަމަށްވާ ‘ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ރާޖޫ ޝްރިވާސްތަވް، 58 މަރުވެއްޖެއެވެ.

ރާޖޫ މަރުވެފައިވަނީ އެއިމްސް ދިއްލީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ރާޖޫ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަސްރަތު ކުރަން ހުއްޓާ މެޔަށް ތަދެއް އެރުމުގެ ސަބަބުންނެވެ.

އޭރު ޑޮކްޓަރުން ވަނީ ރާޖޫއަށް ޖެހުނީ ހާޓް އެޓޭކެއް ކަމަށް ބުނެފައެވެ. އަދި މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އޭނާ އޮތީ ވެންޓިލޭޓަރުގައެވެ.

މޭނޭ ޕެޔާރު ކިޔާ، ބާޒީގަރު އަދި ބޮމްބޭ ޓު ގޯއާ އިން ފެނިގެން ދިޔަ ރާޖޫވަނީ ގިނަ ހިންދީ ފިލްމުތަކުގެ ސަޕޯޓިން ރޯލްތައް ވެސް ކުޅެފައެވެ.