English Edition
Dhivehi Edition

މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްގެންދާ “ޑީސީ ސްޕޯޓްސް ޕީއެސް4 ފީފާ 2017” ގައި މިއަދު ކުޅުނު ގުރޫޕްއޭގެ ތިންމެޗުގެ ތެރެއިން ދެމެޗު އެއްވަރުވެ ތިންވަނަ މެޗު ސާޖިދު ކާމިޔާބުކޮށްފިއެވެ. ގުރޫޕް އޭގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ވިޝާން ހަބީބާއި، އިބްރާހީމް އައިހަމް އާދިލެވެ. މިމެޗު ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ވިޝާން ހަބީބާއި، މުޙައްމަދު ސާޖިދެވެ. މިމެޗު ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީ އިބްރާހީމް އައިހަމް އާދިލާއި، މުހައްމަދު ސާޖިދެވެ. މިމެޗު 2-1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ސާޖިދެވެ. މި މެޗުތައް ކުޅެފައިވަނީ ޑީސީ ސްޕޯޓްސްގެ ސްޕޯޓްއެރީނާގެ އިންޑޯހޯލުގައެވެ. މިބާރާތުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ. މިއީ މިފަދަ މުބާރާތެއް މިފެންވަރުގައި އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ކުރިއަށް ގެންދަނީ އަށް ގުރޫޕަކަށް ބާހައިލައިގެންނެވެ. މުބާރާތުގައި ކޮންމެ ދުވަހަކުވެސް ތިންމެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ކޮންމެ ގުރޫޕްއެއްގައި ވާދަކުރާނީ ތިން ބައިވެރިންނެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އައިޓީކެއާއެވެ. ކޯސްޕޮންސަރަކީ އީ-ހަބެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.