English Edition
Dhivehi Edition

ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރަން ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށް، އާ އުސޫލެއް ކަނޑައަޅާ، މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އާ އުސޫލެއް ހަދާފައިވަނީ ޕާކު ކުށްޔަށް ހިފާ މީހުންނާއި ކައުންސިލަށް ފަސޭހަވެ، ވީހާ ވެސް ދެ ފުށް ފެންނަ ގޮތަކަށް ވަކި އުސޫލެއްގެ ތެރެއިން ކުއްޔަށް ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދިޔުމުގެ މަގުސަދުގައި ކަމަށެވެ.

މީގެ ކުރިން ޢަމަލުކުރަމުން އައި އުސޫލުގައި ވަގުތު ތަކަށް ކަނޑައަޅާފައި އޮންނަ ރޭޓުތަކުގެ ސަބަބުން ތަން ތައްޔާރުކުރަން ވަންނަން ބޭނުންވާ މީހުންނަށްވެސް ދަތިތަކާއި ކުރިމަތިވާކަމަށެވެ. އެހެންކަމުން މިހާރު ކަނޑައަޅާފައިވާ އާ އުސޫލުގައި އެކި ގަޑިތަކަށް ޕެކޭޖް ކަނޑައަޅާފައިވާ ކަމަށެވެ. މި ގޮތުން 12 ގަޑިއިރުގެ ޕެކޭޖް، 24 ގަޑިއިރުގެ ޕެކޭޖް އެކި މާލަންތަކަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އަލަށް ކަނޑައެޅި އުސޫލުގައިވަނީ ސިޔާސީ އެއްވެސް ބޭނުމަކަށް އެ ޕާކް ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ.