English Edition
Dhivehi Edition

އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް މީހަކު ބޮޑު ކަމުދިޔަ މައްސަލާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި މައްސަލާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ އެފަދަ ޢަމަލު ހިންގާ މީހުންނާމެދު އެއްވެސް ފަސްޖެހުމެއް ނެތި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށާއި ކޮންމެ ފަހަރަކު އެމީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ހަދާފައި ނިންމައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީނއެފަދަ ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށެވެ.

މި މައްސަލާގައި އިންޑިއާއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް ކުޑަ ކަމުދިޔަ މައްސަލައެއްގައި މީގެ ކުރިން ދިވެއްސަކު ވެސް ހައްޔަރު ކުރިއެވެ. ނަފްސާނީ ބައްޔެއް ހުންނަ ކަމަށްބުނެ އެމީހާ ފަހުން ވަނީ ދޫކޮށްލައިފައެވެ. މީގެއިތުރުން ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި، މިސްކިތުގެ ހުރުމަތް ކެނޑޭނޭހެން އަޑުގަދަކުރި މީހަކުވެސް މީގެކުރިން ވަނީ ހައްޔަރުކޮށް، އެމީހާގެ ނަފްސާނީ ބަލިމަޑުކަމެއް ހުންނަކަމަށްބުނެ ދޫކޮށްލާފައެވެ.

މިސްކިތްތަކަށް ކުޑަ ކަމުދިޔުމާއި, ބޮޑު ކަމުދިޔން ފަދަ މިސްކިތުގެ ހުރުމަތް ކެނޑޭ އަމަލުތައް ހިންގާ މައްސަލަތައް މިހާރަކަށް އައިސް ފެންމަތިވަމުން އަންނަ އިރު އެފަދަ ފަރާތްތަކަށް އެދެވޭ ފިޔަވަޅުތައް ނޭޅޭމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.

މިފަދަ އަމަލު ހިންގާ މީހުންނަކީ ނަފްސާނީ ބަލި މީހުން ކަމަށް ބުނެ އެ ފަރާތްތައް މުޖުތަމައުއަށް ދޫކުރުމުން އެ އަމަލު ތަކުރާރުކޮށް ކުރާކަންވެސް ފާހަގަކުރެވިފައިވެއެވެ.