English Edition
Dhivehi Edition

ދާދި ފަހުން ސްޕެއިނުން ވަކިވެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކެޓަލޯނިއާ އަށް ނިސްބަތްވާ ޖިރޯނާ އާއި ސްޕެއިންގެ ރިއަލްމެޑްރިޑް ސްޕެނިޝް ލީގުގައި ވާދަކުރި މެޗު ފަހަތުން އަރައި ޖިރޯނިއާއިން ކާމިޔާބުކޮށްފިއެވެ.

ލީގުގައި ރޭ ޖިރޯނިއާއި ރިއަލްމެޑްރިޑް ބައްދަލުކުރި މެޗު ޖިރޯނިއާ ކާމިޔާބުކޮށްފައިވަނީ ރިއަލްމެޑްރިޑް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 ލަނޑުން ރިއަލްމެޑްރިޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސްޕެނިޝް ލީގުން މިއަހަރު މުޅިން އަލަށް ކޮލިފައިވި ޖިރޯނާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ 12 ވަނަ މިނެޓްގައި އިސްކޯގެ ލަނޑުން ރިއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމާލި ނަމަވެސް ޝްޕެނިޝް ލީގުގެ ދެވަނަ ޑިވިޝަންގެ ދެވަނަ ޓީމްގެ ގޮތުގައި މިއަހަރު ކޮލިފައިވި ޖިރޯނިއާއިން ވަނީ ދެވަނަ ހާފްގައި މޮޅުކުޅުމެއް ދެއްކައި ރިއާލްގެ ގޯލައަށް ނުރައްކާތެރި ގިނަހަމާލަތަށް ހަމާޒުކޮށްފައެވެ.

ޖިރޯނިއާއިން ދެވަނަ ހާފްގައި ރިއާލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމާލތަށް ހަމާޒު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ޖިރޯނިއާއިން ވަނީ މެޗުގެ 54 ވަނަ މިނެޓްގައި ސްޓުވާނީގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.އަދި އޭގެ ހަތަރު މިނެޓް ފަހުން ޖިރޯނާ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޕޯޓޫއެވެ.

ރޭގެ މިނަތީޖާ އާއި އެކު ޖިރޯނިއާ 12 ޕޮއިންޓާއި އެކު ތާވަލްގެ 12ވަނާގައި ޖިރޯނީއާ އޮތް އިރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިވަގުތު 28 ޕޮއިންޓް ހަމަކޮށް ތާވަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ.އަދި ދެވަނާގައި އޮތް ވެލެންސިއާ 24 ޕޮއިންޓް ހޯދާފައިވާއިރު ރޭގެ މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް އޮތީ 20 ޕޮއިންޓާއެކު ލީގު ތާވަލްގެ ތިންވަނައިގައެވެ.