English Edition
Dhivehi Edition

ޖަރުމަން ބުންޑަސް ލީގުގައި ރޭ ޝާލްކޭއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ލީގު ތާވަލްގެ އެއްވަނައަށް ބޮރޫޝިއާ ޑޯޓްމަންޑް ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ޝާލްކޭ އަތުން ހޯދި މޮޅާއި އެކު ޑޯޓްމަންޑް ލީގުގެ އެއްވަނައަށް ޖެހިލއިިރު، އެޓީމަށް އެއްވަނައިން ފުރުސަތު ލިބުނީ ރޭ އޯގްސްބާގް އަތުން ބަޔާން މިޔުނިކް ބަލިވުމުންނެވެ.

ރޭ ބަޔާން އޯގްސްބާގް އަތުން 0-1 އިން ބަލިވިއިރު، ޑޯޓްމަންޑް ޝާލްކޭ އަތުން މޮޅުވީ ވެސް 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މޮޅާއި އެކު ޑޯޓްމަންޑް އެއްވަނާގައި އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއި އެކުގައެވެ.

ޝާލްކޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ޑޯޓްމަންޑުން ޖެހި ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ ފަހު ހާފުގެ 79 ވަނަ މިނެޓުގައެވެ. ޑޯޓްމަންޑަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ވުލްފްގެ އެހީތެރިކަމާއި އެކު ޔޫސުފާ މުކޯކޯއެވެ.