އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ މީހެއްގެ ގައިގައި ލޮރިއަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އިއްޔެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗްގެ އަވަސް ފަރުވާ ވާދޭ ރޫމްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލަތާ ގުޅޭގޮތުން އަދި އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ ވެހިކަލަކުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓަގައި ދިވެހި ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށެވެ.
އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނިނަމަވެސް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.