English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާސޭއާ ބައްދަލުކުރި މެޗުން ޓޮޓެންހަމް މޮޅުވެއްޖެ އެވެ.

މި މެޗުގެ ދެ ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ޓޮޓެންހަމްގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ޓޮޓެންހަމާއި އަލަށް ގުޅުނު ފޯވާޑް ރިޗާލިސަންއެވެ. ފުރަތަމަ ލަނޑު ރިޗާލިސަން ޖެހީ މެޗުގެ 76 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ލަނޑު އޭނާ ޖެހީ 81 ވަނަ މިނެޓުގައެވެ.