ދެކުނު އޭޝިއާ އެންމެ ޝަރަފްވެރި ޓްރެވަލް އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އެންމެ ގިނަ އެވޯޑު މިއަހަރުވެސް ގެންދިޔަ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.
އައްޑޫސިޓީ ގަމުގެ އީކުއޭޓަރ ވިލެޖްގައި ރޭ ކުރިއަށް ގެންދިޔަ މި ހަފްލާގައި ފަސް ގައުމަކުން ވާދަކުރި މި އެވޯޑުގައި، އެ ގައުމުތަކުގެ 450 އަށް ވުރެ ގިނަ ފަރާތްތައް ނޮމިނޭޓްވެފައިވެއެވެ. އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖޭގެ އިތުރުން މިފަހަރުގެ އެވޯޑަށް އަލަށް ގުޅުނު ގައުމުތަކަކީ ނޭޕާލާއި ބޫޓާނެވެ. ރޭގެ އެވޯޑު ދިނުމުގެ ހަފްލާގައި ވަނީ ކޮންމެ ގައުމަކުން ހޮވާލެވޭ ފަރާތްތަކަށާއި ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް ވެސް އެވޯޑު ދީފައެވެ.
ރޭގެ ހަފްލާގައި ރާއްޖެއަށް ލިބިފައިވާ އެވޯޑުތައް:
ސައުތު އޭޝިއާ ސަރަހައްދުން ސަޓާގެ ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑް : ހުޅުލެ އައިލެންޑް ރިސޯޓް.
ލީޑިން ވެލްނަސް އެންޑް ސްޕާ ސައުތު އޭޝިއާ : އަރާމު ސްޕާ
ސައުތު އޭޝިއާއިން ލީޑިން ބިޒްނަސް ހޮޓެލް: ހުޅުލެ އައިލެންޑް ހޮޓެލް.
ލީޑިން އޯލް އިންކުލޫސިވް ހޮޓެލް/ރިސޯޓް: ލަކްސް މޯލްޑިވްސް
ލީޑިން މީޓިން އެންޑް ކޮންފަރެންސް ހޮޓެލް/ރިސޯޓް: ޕެރެޑައިޒް އައިލެންޑް ރިސޯޓު
ރާއްޖޭގެ ލީޑިން އެޑްވެންޗާ ހޮޓެލް: ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ
ސަޓާ ލީޑިން އެޑްވެންޗާ ސްޕޯޓްސް ސާވިސް ޕްރޮވައިޑާ: ކިއު އެޑްވެންޗާސް.
ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރ: ބެސްޓް ޑައިވްސް މޯލްޑިވްސް
ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރ: ބެސްޓް ޑައިވްސް މޯލްޑިވްސް.
ލީޑިން ޓުއާ އޮޕަރޭޓަރ: އިނާ މޯލްޑިވްސް ހޮލިޑޭސް
ލީޑިން ޑޮމެސްޓިކް ޓޫރިސްޓު ޕްރޮވައިޑާ: މޯލްޑިވިއަން
ލީޑިން ޑައިވް ހޮޓެލް/ރިސޯޓް އަދާރަން ސެލެކްޓް މީދުއްޕަރު
ލީޑިން ޑައިވް ހޮޓެލް އެންޑް ރިސޯޓް: އަދާރަން ސެލެކްޓް މީދުއްޕަރު މޯލްޑިވްސް
ލީޑިން ލިވާބޯޑް އެވޯޑު ސްކޫބާ ސްޕާ : ޔަންގް މޯލްޑިވްސް
ލީޑިން ޓްރެވަލް އެޖެންޓް: ވޮޔޭޖަސް މޯލްޑިވްސް
ސަޓާއިން ދޭ ލީޑިން ޑައިވް ސެންޓާ އެވޯޑް: ޑައިވް އޯޝަން.
ލީޑިން ބްކެޓް ހޮޓެލް/ރިސޯޓަކަށް އަމިއްލަ ފުށި
ލީޑިން ބްކެޓް ހޮޓެލް އެންޑް ރިސޯޓް: އަމިއްލަ ފުށި މޯލްޑިވްސް.
ލީޑިން ގެސްޓްހައުސް: ޓޫރިސްޓު އިން، ސައުތް އޭޝިއާއިން ވާދަކޮށް އެވޯޑް ހާސިލް ކޮށްފައި ވަނީ ރާއްޖެއިން ރެވެރީސް ޑައިވިން ވިލެޖް.
ލީޑިން ފެމެލީ ހޮޓެލް/ރިސޯޓް: ސަން އައިލެންޑް ރިސޯޓު
ލީޑިން ރޮމޭންޓިކް ހޮޓެލް/ރިސޯޓް: ޖުމައިރާ ވިޓަވެލި
ލީޑިން ލަގްޒަރީ ހޮޓެލް: ސޮނޭވާ ޖާނީ
ލީޑިން ޑިޒައިނާ ހޮޓެލް/ރިސޯޓް: ކޮކޫން މޯލްޑިވްސް
ލީޑިން ބީޗް ހޮޓެލް/ރިސޯޓް: ސަމާ އައިލެންޑް މޯލްޑިވްސް
ލީޑީން މާކެޓެޑް ހޮޓެލް/ރިސޯޓަކަށް އަދާރަން ރިސޯޓްސް
ލީޑީން މާކެޓެޑް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑް: އަދާރަން ރިސޯޓްސް މޯލްޑިވްސް.
ވިޒިޓާސް ޗޮއިސް: ލީޑިން އެއާޕޯޓް ލައުންޖަކަށް ވީއައިއޭގެ ލިލީ ލައުންޖު
ވިޒިޓާސް ޗޮއިސް: ލީޑިން ހަނީމޫން ޑެސްޓިނެޝަނަކަށް ރާއްޖެ
ވިޒިޓާސް ޗޮއިސްގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަންއަށްދޭ އެވޯޑް ހާސިލްކޮށްފައި ވަނީ ރާއްޖެ
ވިޒިޓާސް ޗޮއިސް: ލީޑިން ޑައިވިން ޑެސްޓިނޭޝަނަކަށް ރާއްޖެ
ވިޒިޓާސް ޗޮއިސްގެ ލީޑިން ޑައިވިން ޑެސްޓިނޭޝަން އެވޯޑް ކާމިޔާބުކުރީ ރާއްޖެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑް ގައި މިދިޔަ އަހަރު ވެސް ރާއްޖެ އިން ވަނީ 18 އެވޯޑު ހޯދާފައެވެ. ރޭގެ ރަސްމިއްޔާތުގައި ސަޓާގެ ފަރާތުން ވަނީ އަންނަ އަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާނީ އިންޑިއާގައި ކަމަށް އިއުލާން ކޮށްފައެވެ.