English Edition
Dhivehi Edition

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ” އާއި “މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކޮށްފިއެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ޞިއްޙީ ދުޅަހެޔޮ ދިރިއުޅުމަކަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުމެވެ.
މި ސިޔާސަތާއި މިންގަނޑުތަކުގެ އަމާޒަކީ އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުގައި ޝާމިލްވެ ނޫޅޭ މީހުންގެ ނިސްބަތް މިހާރުހުރި ވަރު (%49 އަންހެނުން، %35 ފިރިހެނުން)، 2030 ގެ ނިޔަލަށް %10 އަށް ދަށްކުރުމެވެ. އަދި ރައްކާތެރި މާހައުލެއްގައި ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމުގެ ފުރުސަތު އިތުރަށް ޤާއިމްކޮށް އިންތިޒާމް ކުރުމެވެ.
މީގެ އިތުރުން މި ފަންނުގެ މީހުން ބިނާކުރުމާއި ހޭލުންތެރިކުރުމާއި ކަމާ ގުޅުންހުރި ދާއިރާތައް އެކުގައި މަސައްކަތް ކުރުމަކީ ވެސް މި ސިޔާސަތުގެ މައިގަނޑު އަސާސެކެވެ.
ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތު ބިނާކޮއްފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ. މީގެ ތެރޭގައި ކަސްރަތު ކުރުމާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް ކަސްރަތުކުރުމަށް މަގުފައިވާނޭ ގޮތްތައް ހޯދައި ދިނުމާއި ހެލިފެލިވެ ކަސްރަތުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި ކަމާ ގުޅޭގޮތުން މީހުން ތަމްރީނުކުރުމަށް ސިޔާސީދާއިރާ އާއި މިކަމާ ގުޅުން ހުރި އެހެނިހެން ދާއިރާތައް އެކުގައި މަސައްކަތް ކުރުން ހިމެނެއެވެ.
ހެލިފެލިވެއުޅުމާއި ކަސްރަތުކުރުމުގެ ސިޔާސަތާއި މިންގަނޑުތައް މިއަދު ލޯންޗްކޮށްފައިވާއިރު، ރާއްޖޭގައި އަހަރަކު މަރުވާ ނުވަތަ ބޮޑެތި ބަލިތަކުގެ ސަބަބުން ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އެންމެ ބޮޑު ޙިއްޞާއެއް ނިޞްބަތްވަނީ، ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ސްޓްރޯކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ނަފްސާނީ ބަލިތައް ފަދަ، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ގައިންގަޔަށްނާރާ ބަލިތަކަށެވެ.
މިފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސް (ރިސް ފެކްޓާރސް)ގެ ތެރޭގައި ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާ، ދުންފަތުގެ އިސްތިޢުމާލުކުރުމާ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ އިތުރުން، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުން ހިމެނެއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސެކްރެޓަރީ، ކެބިނެޓް އެފެއާޒް، އަޙްމަދު ޙަސަންދީދީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު އަޙުމަދު މަޙުލޫފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީގެ އިތުރުން ސިއްޙީދާއިރާގެ ގިނަ އިސްވެރިންތަކެއް ބައިވެރިވިވަޑައިގެންނެވިއެވެ.