English Edition
Dhivehi Edition

ގދ. ތިނަދޫ އިން ގެއްލުނު މީހާ ފަޅު ގެއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.

އެރަށު ކައުންސިލުން ބުނީ އެރަށު ތިނަދޫ ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ) ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ ފަޅު ގެއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ކަމަށެވެ.

އެމީހާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށާއި އެމީހާއަށް ވީ ގޮތް އަދި ޔަގީން ނުވި ނަމަވެސް ނޭވާލާ ކަމަށް ކައުންސިލުން ބުނެއެވެ.