English Edition
Dhivehi Edition
އައްޑޫސިޓީގެ ގަމުގައި ކުރިއަށް ގެންދާ ސަޓާ އެވޯޑް ހަފްލާގެ ފުރަތަމަ އިވެންޓްގެ ތެރެއިން: ފޮޓޯ/ އާމިނަތު ސާލިހާ/ އޭއޯ ނިއުސް

އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017 (ސަޓާ)ގެ އެންމެ މުހިއްމު އަދި އެންމެ ޚާއްޞަ އިވެންޓް މިރޭ އީކުއޭޓަރ ވިލެޖްގައި ބާއްވާނެއެވެ.

އިއްޔެ ހަވީރު ފަށައިގެން ކުރިއަށް ގެންދާ ސަޓާގެ އިވެންޓް ތަކުގެ ތެރެއިން މިރޭ އޮތީ ރެޑް ކާޕެޓާއެކު ގާލާއަދި އެވޯޑް ނައިޓެވެ.

ދެކުނު އޭޝިއާގައި ބާއްވާ އެންމެ ޝަރަފްވެރި އެވޯޑުގައި 10 ސެގްމަންޓަކުން 34 ކެޓަގަރީން ވާދަކުރެއެވެ. މި އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ބޮޑެތި ބްރޭންޑްތައްވެސް ހިމެނެ އެވެ.

އޭޝިއާގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތަކުން ބައިވެރިވާ ސަޓާގައި 450 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ސަޓާ އަށް ނޮމިނޭޓް ވެފަ އެވެ.

ސަޓާ ގައި މިފަހަރު ރާއްޖެއިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެ އެވެ. މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފަ އެވެ.

މިރޭގެ އެވޯޑް ހަފްލާގައި ދިވެހި ސަގާފީ ހަރަކާތްތަކާ ދިވެހިންގެ ހުނަރު ވެސް ދައްކާލުން އޮންނާނެއެވެ. މިގޮތުން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ ސަގާފީ ހުށަހެޅުންތައް ވެސް މި ހަފްލާއިން ފެނިގެންދާނެއެވެ.