English Edition
Dhivehi Edition
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިހް- ފޮޓޯ:- ވީނިއުސް

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އަލީ ސާލިޙް ވިދާޅުވީ އޭނާ އަށް ހަމަލާ ދީފައިވަނީ ސައިކަލުގައި ދަނިކޮށް، ހުޅުމާލޭ ސޮނީގެ ފިހާރަކައިރިން ކަމަށެވެ. އަދި ހަމަލާ ދީފައިވަނީ ސަރުކާރުގެ މަގާމެއްގައި ހުރި މީހަކަށް ވާތީ ކަމަށާއި އަދި ތިއީ ސަރުކާރު މީހެއްކަމުން މަރާލަން ޖެހޭނެކަމަށް ހަމަލާދިން މީހާ ބުނެފައިވާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

މި ހަމަލާގައި އޭނަގެ ބުރަކަށްޓާއި ދިމާލުން ކަރުމައްޗަށް ކަހަލަ ގޮތަކަށް ކަޓަރަކުން ވަނީ ހަމަލާދީފައެވެ. ކަޓަރު އެޅުމުން ލިބުނު ޒަޚަމް ތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާކަމަށް ދާއިރު ފުލުހުން މިހާރު މިކަން ބަލަމުންދާ ކަމަށާއި، އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް އަލީ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް އަށް ހަމަލާދިން ކަމުގެ މައުލޫމާތު މިއަދު 13:26 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.