English Edition
Dhivehi Edition
G.dh Nadella

މީގެ 27 އަހަރު ކުރިން ގދ. ނަޑެއްލާގައި ބޭނުންކުރަމުން އައި ބައު އިންޖީނުގެ ނިއްވާލާ މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށައިފިއެވެ.

ނަޑެއްލާގައި އަލަށް ޚިދުމަތްދޭން ފެށި އައު އިންޖީނުގެއަކީ 223.80 އަކަމީޓަރުގެ އިންޖީނުގެ ގެއެކެވެ. މީގެކުރިން ނަޑެއްލާގައި ހުރި އިންޖީނުގޭގެ ބޮޑުމިނަކީ 120 އަކަމީޓަރެވެ. އަަލަށް އިމާރާތްކުރި މިއިންޖީނުގޭގައި ހުރި ޖެންސެޓްގެ ކެޕޭސިޓީ އަކީ 538 ކިލޯވޮޓްއެވެ. އަދި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓްގެ ތިން ޖެންސެޓް ބެހެއްޓޭ ގޮތަށެވެ.

ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެތައް، ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގެރޭޑް ކުރުމުގެ ސިޔާސަތުގެ ދަށުން ނަޑެއްލާގައި ހެދި މި އިންޖީނު ގެ ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގައެވެ.
އިންޖީނުގޭގެ މައްސަލައަކީ 1100 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ނަޑެއްލާއަށް މީގެ ކުރިން ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ޒަމާނުއްސުރެ ކަރަންޓްގެ ޚިދުމަތް އެރަށުގައި ދެމުން އަންނަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކުޑަކުޑަ ބައު އިންޖީނުގެއަކުންނެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވީ ރަށުގެ މެދުތެރޭގައި އިންޖީނުގެ ހުންނާތީ އަޑުގަދަ ވުމުގެ ސަބަބުން ކައިރީ ގެތަކުގެ މީހުންނަށް އުނދަގޫވުމާއި ޚާއްސަކޮށް ވިއްސާރަ މޫސުން ތަކުގަ ފެން ނަގަން އެހާމެ އުނދަގޫވާކަމަށެވެ. ކުރީގެ އިންޖީނުގޭގައި ކުޑަކުޑަ ތަންކޮޅެއްގައި ބައިވަރު މުވައްޒަފުންތަކެއް މަސައްކަތްކުރަން ޖެހިފައިވުމުގެ ސަބަބުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ތަހައްމަލުކުރަން ޖެހުނުކަމައް ވެސް އަންޝައު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.