English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ނިއުކާސަލް ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މެޗު ގެށިގެން ފަސްވަނަ މިނެޓުގައި ސިޓީން ލީޑު ނެގި ލަނޑު ޖަހައިދިނީ އިކާއީ ގުންޑޮގާންއެވެ. ނިއުކާސަލް އިން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 28 ވަނަ މިނެޓުގައި މިގޭލް އަލްމިރޮން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަލުމް ވިލްސަން އެވެ.

ނިއުކާސަލް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، އެޓީމުން ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 54 ވަނަ މިނެޓުގައި ކިއެރެން ޓްރިޕިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާ ގާތްގާތުގައި ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމުން ނަތީޖާގެ ފަރަގު ކުޑަކޮށްދިން ލަނޑު އާލިން ހާލަންޑް ޖަހައިދިން އިރު މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖަހައިދިނީ ބަނާޑޯ ސިލްވާއެވެ.