English Edition
Dhivehi Edition

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކާއި އެކު ބްރައިޓަންއިން ކާމިޔާބު ކޮށްފިއެވެ.

ވެސްޓްހަމް ދަނޑުގައި ކުޅުނު މި މެޗުން ބަރައިޓަން މޮޅުވީ ވެސްޓް ހަމާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ.

ވެސްޓް ހަމް އަތުން ބްރައިޓަން މޮޅުވިއިރު، މިއީ އެޓީމުން މިފަހަރުގެ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. އަދި މިހާތަނަށް މެޗަކުން ބަލިވެފައި ނުވާއިރު، އެޓީމު އެންމެ ފަހުން ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ މޮޅުވެފައެވެ. މިރޭގެ މި މޮޅާއި އެކު ބްރައިޓަންއިން ވަނީ ޕޮއިންޓް ތޭބަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ.

ވެސްޓް ހަމާއި ދެކޮޅަށް ކުޅުނު މި މެޗުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން އަލެކްސިސް މެކް އަލިސްޓާއެވެ. އަދި ބްރައިޓަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައި ލިއަންޑްރޯ ޓްރޮސޯއެވެ.