English Edition
Dhivehi Edition

ސިޔާސީ ގޮތުން ޑީލެއް ހަދަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުނުކުރައްވަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ރައީސް ނަޝީދު ޑރ.ޖަމީލް އާއި ބައްދަލުކުރައްވަން އެގެއަށް ވަޑައިގެންނެވި ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަ ތަކާއި ގުޅިގެން ޑރ ޖަމީލު ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު ވަޑައިގަންނަވާފައިވަނީ ޖަމީލްގެ ގެކޮޅަކަށް ނޫނެވެ. އެމަނިކުފާނު ވަޑައިގަންނަވާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ގެކޮޅަށެވެ

ރައީސް ނަޝީދު އާޒިމްގެ ގެކޮޅަށް ރައީސް ނަޝީދާއި މެމްބަރުންތަކެއް ވަޑައިގެންނެވީ ރޭގަނޑުގެ ފަރިއްކޮޅަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އާޒިމް ވަނީ އެބޭފުޅުންނާއި އެކު ފަރީކުޅުއްވަން ހުންނެވި ފޮޓޯއެއްވެސް ޓުވީޓު ކުރައްވާފައެވެ.

ޑރ.ޖަމީލް ދިރިއުޅުއްވާގެ ހުންނަނީ އާޒިމްގެ ގެކޮޅު ޖެހިގެން ކަމުން، ރައީސް ނަޝީދުގެ ކާރު ކުޑައިރުކޮޅެއް ވަންދެން ޑރ.ޖަމީލްގެ ގެކޮޅު ކުރިމަތީގައި ޕާކުކޮށްފައި އޮތެވެ.