English Edition
Dhivehi Edition

ހުޅުމާލޭގެ ގޮނޑުދޮށުން ނުރައްކާތެރި ޖެލީފިޝް ތަކެއް ފެންނަމުންދާތީ ސަމާލުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ގޮނޑުދޮށުން ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދަށާއި މޫދަށް ގޮސްއުޅޭ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ހުޅުމާލޭ ގޮނޑުދޮށުން މީގެކުރިންވެސް ވަނީ ޖެލީ ފިޝްގެ ބާވަތްތަކެއް ފެނިފައެވެ. އެފަހަރު ފެނިފައިވަނީ “ބްލޫ ބަޓަން ޖެލީފިޝް” އަދި “ބްލޫ ބޮޓަލް ޖެލީފިޝް” އެވެ.

އެހެންނަމަވެސް މިފަހަރު ފެނިފައިވަނީ ސީދާ ކޮންބާވަތެއްކަން ގާމަކޮށްފައި ނުވިޔަސް މިފަހަރުވެސް ފެނިފައިވަނީ އެ ދެ ބާވަތުގެ ޖެލީފިޝް ކަމަށް ބައެއް މީހުން ބުނެއެވެ.