English Edition
Dhivehi Edition

ދިވެހިރާއްޖެއާއި ގަތަރާއި ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް ތިން ވަޒީރަކު ގަތަރަށް ދަތުރުފުޅެއް ކުރައްވާއިފިއެވެ.

ގަތަރަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޢާއިޝަތު ޢަލީ އާއި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި މިނިސްޓަރު އާމިނަތު ޝައުނާއެވެ. މި ދަތުރުފުޅަކީ އުރީދޫގެ ޗެއާރޕާސަން ފާތިމާ އަލް ކައުވްރީ ދެއްވި ދަޢުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރުމަށް ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އެހީގައި މުއްސަނދިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަތަރުގެ މުހިންމު ވުޒާރާތަކުގެ ވެރިންނާއި ބައްދަލު ކުރައްވަން ހަމަޖެހިފައި އެވެ.

މިގޮތުން މި ވަފްދުން ވަނީ ގަތަރުގެ އުރީދޫ ގުރޫޕްގެ ހެޑް އޮފީހަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ގަތަރުގެ މިނިސްޓަރއޮފް އެޑިޔުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން ބުތައިނާ ބިންތު އަލީ އަލް ޖަބްރު އަލް ނޫއައިމީ އިއްޔެ މިނިސްޓަރުންގެ ވަފުދާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ގަތަރުގެ ޤައުމީ ކުތުބުހާނާގެ މަސައްކަތްތައްވެސް ބައްލަލައްވާނެއެވެ.