English Edition
Dhivehi Edition

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ، މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދަނީ ސ. ހިތަދޫ/ އުނިތޮށިގެ، މުޙައްމަދު ނާޝިދު (52އ) ކަމަށެވެ.

ފުލުހުން ބުނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް އްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ ހުރިތަނަކާ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2022 އޮގަސްޓް 21 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އާންމުކޮށް އަންގާ އިއުލާންކޮށްފައެވެ.