English Edition
Dhivehi Edition

އެސްޓީއޯ އިން “ކްރޫގާރ ޗެލެންޖް 2022″ ފަށައިފިއެވެ.

އަގުހުރި އިނާމްތަކާއެކު މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޖުލައި ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

ސޯޝަލް މީޑިޔާ މުބާރާތުގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެއްފަރާތް ހޮވައި އެންމެ ގިނަ ލައިކްސް/ރިއެކްޝަންސް ލިބިފައިވާ ޕޯސްޓުގެ ވެރިފަރާތަށް ވަރަށް އަގުހުރި އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ކްރޫގާރ ބްރޭންޑްގެ ތަކެތި ގަންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކްރޫގަރ އައިޓަމަކަށް ޑިޖިޓަލް ކޫޕަންއެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން މީގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް ބެނެލީ ޕެނެރިއާ ސައިކަލެއް ލިބޭއިރު، ދެވަނައަށް ހޮވޭފަރާތަކަށް އައިފޯން 13 ޕްރޯ މެކްސް 256ޖީބީ ލިބޭނެއެވެ. އަދި ތިންވަނައަށް ހޮވޭފަރާތަކަށް ޕިލިޕްސް 55 އިންޗީގެ ޓީވީއެއް ލިބޭނެއެވެ.

ކްރޫގާރ ޗެލެންޖް 2022 ގައި ބައިވެރިވުމަށް ކްރޫގަރގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު #STOKrugerChallenge2022 ބޭނުންކޮށް ސޯޝާލް މީޑިޔާގައި ޕޯސްޓްކޮށްލަންވާނެއެވެ.

އެސް.ޓީ.އޯ އިން އިމްޕޯރޓްކޮށް ވިއްކަމުން ދާ ކްރޫގާރ ބުރޭންޑަކީ ޖަރުމަނުގެ މޮޅު ބުރޭންޑެކެވެ. ކްރޫގާރ ޕާސްތަނޫސާގެ ޗޮކުލެޓް ސުޕެރްޑް ތެރޭގައި ޗޮކޮލެޓް ޑުވޯ އަދި ޑާރކް ޗޮކްލެޓް ވެސް ހުރެއެވެ. ކްރޫގާރ ގެ ޕޮރޮޓެކްޓުތަކަކީ ދިވެހިންގެ މަގޫބުލުކަން ހޯދައިފައިވާ ޕުރޮޓެކްޓެކެވެ.