English Edition
Dhivehi Edition

ށ. އަތޮޅު ސިއްރު ފެންފުށީގެ ވޯޓަރ ވިލާއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިހާދިސާގެ ރިޕޯޓް އެފްއާރުއެސްއަށް ލިބިފައި ވަނީ 19:44 ހާއިރުކަމަށެވެ.

އެމްއެންޑީއެފުން ފަހުން ވިދާޅުވީ ރިސޯޓްގެ ވޯޓަރ ވިލާއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން ދަނިކޮށް، ރޯވެފައިވާ އަލިފާން ކޮންޓްރޯލްކުރެވިއްޖެ ކަމަށް އެ ރިސޯޓުން ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް އެންގުމުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަން ގެ ޓީމު ރިސޯޓަށް ދިއުންވަނީ މަޑުޖައްސާލާފައިކަމަށެވެ.