English Edition
Dhivehi Edition

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރާއެކު، އެއް ޖިންސުން ގުޅުން ހިންގި ދެ މީހަކު އުމުރާއަށް ދިއުމުގެ ހުއްދަ ފުލުހުން ދީފިއެވެ.

ފުލުހުން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހަކަށް އުމުރާގެ އަޅުކަން އަދާކުރަން ދިއުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި އެ ދެމީހުންނަކީ އުމްރާއަށް ދިއުމުގެ އިންތިޒާމުތައް ކުރިންވެސް ހަމަޖައްސާފައިވާ ދެ މީހުންކަމަށް ފުލުހުން ބުންޏެވެ.

އަލަމްގިރާއި އެކު އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ އިރު، ފުލުހުން އަންނަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ދެނެގަނެވުނު މީހުން ފުރުން މަނާކޮށްފައިވާއިރު، ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ވަނީ ފުރާފައެވެ.