English Edition
Dhivehi Edition

ގއ.ގއ. ވިލިގިލި ފާމަސީ ފަޅާލައިފިއެވެ.

އެރަށުގައި ހުންނަ އެސްޓީއޯގެ ފާމަސީ ފަޅާލާފައިވާކަމަށް ފުލުހުންނާ ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ދުވަސް ނޫހުގައި ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ދުވަސް ނޫހުގައި ބުނެފައިވަނީ ފާމަސީ ފަޅާލާފައިވަނީ އެތަނުގެ ބިއްލޫރިތަކެއް ތަޅާލައިގެން ކަަމަށް އެ ނޫހަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގއ. ވިލިގިނލީ ގައި ހުންނަ އެސްޓީއޯ ފާމަސީ މީގެ ދެއަހަރު ކުރިންވެސް ވަނީ ފަޅާލާފައެވެ.