English Edition
Dhivehi Edition
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް - ފޮޓޯ: އަވަސް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އަލުން ވަޒީފާއަށް ނުކުންނަވައިފިއެވެ.

ގައުމީ ޔުނިވަރސިޓީގައި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާ އަދާކުރެއްވި ޑރ. އިޔާޒަށް އެމްއެންޔޫ އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހު ސަސްޕެންޑު ކޮށްފައެވެ.

މިމައްސަލާގައި ޑރ. އިޔާޒު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރަބިއުނަލުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެތަނުން ނިންމާފައިވަނީ ޑރ. އިޔާޒަށް ކުރިން ލިބުނު މުސާރައާ އެކު 7 ދުވަހުގެ ތެރޭގައި ވަޒީފާ އަނބުރާ ދިނުމަށެވެ. ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުން އެގޮތަށް ނިންމާފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

ދިރާސީ އާ އަހަރާ ވެސް ދިމާކޮށް ޑރ. އިޔާޒް އަލުން އެމްއެންޔޫގެ ވަޒީފާ އަށް ނުކުންނަން ފެއްޓެވުމުން ޝައިޚް އަލީ ޒައިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.