English Edition
Dhivehi Edition

ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން ގދ. ނަޑެއްލާގައި ކުރިއަށްގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.

ސްކޫލްކުދިންނަށާއި ބޮޑެތިމީހުންނަށް ހާއްސަކޮށްގެން އެރަށުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގައި ހުވަދޫ ސްވިމިންގ ކްލަބުގެ ދެ އިންސްޓަރަކްޓަރުން ވަނީ ބައިވެރިންނަށް ފަތަން ދަސްކޮށްދިނުމުގައި ހަރަކާތްތެރިވެފައެވެ.

މިމަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ސްކޫލްކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ޖުމުލަ 86 ދަރިވަރަކުގެ ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި 25 މީޓަރަށް 36 ދަރިވަރަކު ފަތާފައިވާއިރު 50 މީޓަރަށް 50 ދަރިވަރުން އަދި 100 މީޓަރަށް 2 ކުއްޖަކު ވަނީ ފަތާފައެވެ. އަދި 200 މީޓަރާއި 150 މީޓަރު ފުރިހަމަކޮށްފައިވަނީ ދެ ކެޓަގަރީއިންވެސް 1 ކުދިންނެވެ.

ބޮޑެތި މީހުންނަށް ފަތަން ދަސްކޮށްދިނުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ޖުމުލަ 25 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.

ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން މައުލޫމާތު ދޭ ގޮތުގައި މިޕްރޮގްރާމަކީ ޔޫތް މިނިސްޓްރީގެ އެހީގައި އެޖަމިއްޔާއިން ކުރިއަށްގެންދާ ހޮޅުއަށި މަޝްރޫއުގެ ދަށުން ހުވަދޫ ސްވިމިންގ ކްލަބާއި ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

ހުވަދޫ ސްވިމިންގ ކްލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ދާއިރާއިން ގިނަ އަދަދެއްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ހިންގުންތެރި ޖަމިއްޔާއެކެވެ. ނިޑްސް އަކީ ގދ. ނަޑެއްލާގެ ތަރައްގީއަށް މަސައްކަތް ކުރަމުން އަންނަ، ޒުވާން ޓީމެއްގެ މައްޗަށް އެކުލެވިގެންވާ ހީވާގި ޖަމިއްޔާއެކެވެ.