English Edition
Dhivehi Edition

ހ.ޝީރީންވިލާގައި މިރޭ އަނިޔާވެރި ގޮތަކަށް މަރަލާފައި އޮތް އަންހެނެއް ފެނުނު މައްސަލައިގައި ހައްޔަރުކުރީ މަޝްހޫރު ސްކޭޓަރު، ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، ކަމައް މައުލޫމާތު ލިބިއްޖެއެވެ.

ޝާހިލް އަކީ 2002 ގެ މެދުތެރެއިން ފެށިގެން ސްކޭޓް ކުރަމުން އަންނަ 23 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބައެއް އިންޓަވިއުތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ވަނީ ގެނެސްދީފަ އެވެ. އޭނާ ވަނީ 2017 ގައި، އުމުރުން 17 އަހަރުގައި، އިންޑިއާގައި ބޭއްވި ބައިނަލް އަގުވާމީ ސްކޭޓިން މުބާރާތުގައި އެއް ވަނަ ވެސް ހޯދައިފަ އެވެ.

މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލާ ހަމައަށް ގެންގޮސްފައިވަނީ ހަޒްމަޓު ސޫޓެއް ލައްވައިގެންނެވެ.

އަލީ ޝާހިލް އަކީ އެ އަންހެން ކުއްޖާ އާއި ލޯބީގެ ގުޅުމެއް އޮންނަ މީހެއް ނޫންކަމަށްވެއެވެ. އެހެން ނަމަވެސް އެ ދެމީހުން ވަރަށް ގިނައިން އެކުގައި އުޅޭ ކަމަށް އެ ދެމީހުންވެސް ދަންނަ ބައެއް ފަރާތްތަކުން ބުނެއެވެ.

އެ ހާދިސާގައި މަރާލާފައިވަނީ ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދެވެ. އެނގިފައިވާ ގޮތުގައި ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އެގޮތުން، އޭނާގެ އަތާއި، ފައި އެއްކޮށް ބުރިކޮށްލާފައިވާއިރު، ކަރަށް ވެސް ވަނީ ފުން ހަމަލާތަކެއް ދީފައެވެ.

ފުލުހުން ބުނީ މިރޭ 00:30 ހާއިރު ރިޕޯޓުކުރި އެ ހާދިސާ ހިނގި ތަނުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.