އައްޑޫ ސިިޓީ ހިތަދޫ ‘ކަނބިހާ ބީޗް’ ސަރަހައްދުން ފެނުނު ސީލްއަށް ގޯނާ ނުކުރުމަށާއި އެސީލް ހިފުމަށް މަސައްކަތް ނުކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް މި އެޖެންސީއިން އިލްތިމާސް ކުރާކަމަށެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަމަށްވެސް އީޕީއޭ އިން ވަނީ ބުނެފައެވެ.
ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް މި އެޖެންސީއިން އިލްތިމާސް ކުރަމެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ފާހަގަކުރަމެވެ. pic.twitter.com/3evClphCC3
— EPA Maldives (@EPAMaldives) August 1, 2022
އިއްޔެ ހިތަދޫ އިން ފެނުނު ސީލްގެ ދިގުމިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެކަމަށް ސީލް ބަލާލުމަށް އެ ސަރަހައްދަށް ދިޔަ މީހުން ވަނީ ބުނެފައެވެ. ސީލްއަކީ ފިނި ސަރަހައްދުތަކުގެ ކަނޑުތަކުން ފެންނަ އެއްޗެކެވެ.