English Edition
Dhivehi Edition
ހިތަދޫ ސިޓީ ސްކޮޔަރ: ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީ ހިތަދޫގައި ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ގދ.ވާދޫ، ހދ.ކުޅުދުއްފުށި، ނ.މަނަދޫ އަދި ށ.މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. މި މަސައްކަތްކުރުމަށް 52,000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެއެވެ

ފިނޭންސް މިނިސްޓްރީން ބުނީ ބިޑުތައް ހުޅުވުން އޮންނާނީ 20 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށެވެ. ކޮންމެ ބީލަމެއްގައި -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ބުނީ މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ.