English Edition
Dhivehi Edition
އައްޑޫސިޓީގެ ހިތަދޫގައި ހަދާފައިވާ ގެސްޓް ހައުސް އެއް: ފޮޓޯ އަބުހަރީ ގްރޭންޑް

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓުގެ މަންޒަރު ދުއް މީހަކު ހުރިތޯ ބެލުމަށް ފުލުހުން އިއުލާންކޮށްފިއެވެ،

ފުލުހުން ބުނީ މި އެކްސިޑެންޓަކީ 2023 ޑިސެމްބަރު 11 ވަނަ ދުވަހުގެ 16:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ،

މި އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓުގެ މަންޒަރު ދުއް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ،