English Edition
Dhivehi Edition

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް މަންކީ ޕޮކްސް އަށް ޓެސްޓު ކުރާ ކިޓު ހަދިޔާކޮށްފިއެވެ.

އެ ޖަމިއްޔާއިން ވަނީ 250 ޕީސީއާރް ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މި ކިޓުތަކާއި ހަވާލުވެލެއްވުމަށްފަހު ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ރާއްޖެއަށް އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އަދި އަންނަ ހަފްތާގައި ވެސް އިތުރު ކިޓުތަކެއް ލިބޭނެ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މި ބަލި ރާއްޖެއަށް ވެސް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. އަދި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

މީގެ އިތުރުން ކޭސްތައް ތަހްގީގު ކުރުމާއި ކޮންޓެކްޓް ޓްރޭސިންގ އާއި ޝައްކު ކުރެވޭ މީހުން ޓެސްޓު ކުރުންފަދަ ކަންކަމުގެ ގާބިލުކަން މި ވަގުތު ރާއްޖޭގައި ހުރިކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.