English Edition
Dhivehi Edition

ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތްއިން އެސްޓީއޯއާއި ހަވާލުކުރި ޕްރޮޖެކްޓް ނިންމައި، 96 ރަށުގެ އެމްބިއުލާންސް ހެލްތު މިނިސްޓްރީ އާއި ހަވާލު ކޮށްފިއެވެ.

މިޕްރޮޖެކްޓްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީސް ގައި މިއަދު ބޭއްވި ހަފްލާގައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު ވަނީ އެލްތް މިނިސްޓަރ އަހުމަދު ނަސީމް އަށް 96 ވަނަ އެމްބިއުލާންސް ހަވާލުކޮށްދެއްވާފައެވެ.

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތް މިނިސްޓްރީއާއި މިއަދު މިވަނީ ހަވާލުކޮށްފައެވެ.

ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށްޓަކައި މިއަދުގެ ސަރުކާރުންނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރީހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށް ދިނުމުގެ މަސައްކަތުގައި މިކުންފުނީގެ ބޮޑު ހިއްސާއެއް އެކުލެވޭ ކަމީ މިކުންފުންޏަށް ލިބިގެންދާ ވަރަށް ވެސް ބޮޑު އުފަލެއް ކަމުގައި ފާހަގަ ކޮށްލަމެވެ.