English Edition
Dhivehi Edition
ޝެއިޚް އަލީ ޒައިދު - ފޮޓޯ: ފޭސްބުކް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ތަކާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަނީތޯ ވިދާޅުވެ ޝައިޚް އަލީ ޒައީދު ސުވާލުކުރައްވައިފިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން އެ މަނިކުފާނު އަންނަނީ މި ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހް އަންހެން ކުއްޖަކާއި އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާކަމަށެވެ.އަދި އެ ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން ޝައިޚް ޒައިދު ކުރެއްވި ޓުވިޓެއްގައި ވަނީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ބޭފުޅުން ލަދުވެތި ނުވޭތޯ ސުވާލުކުރައްވާފައެވެ. “ޕާޓީއެއްގެ ހައިސިއްޔަތުން ތިބޭފުޅުން ލަދުވެތި ނުވޭތޯ ތިޔަ ޕާޓީގެ ރައީސް ލިވާތާއި ގުޅުން ހުރި ގޮތްގޮތުން ދައްކަވާ ވާހަކައިން. ލަދުވެރިނުވޭތޯ ޕާޓީގެ ރައީސް އިސް ލީޑަރަށް ކުރެއްވި ޒިނޭގެ ތުހުމަތުން.: ޝައިހް ޒައިދު ވިދާޅުވިއެވެ.

ޝައިޚް ޒައިދު ކުރެއްވި އިތުރު ޓުވިޓެއްގައި ވަނީ ލިވާތަކީ ސިޔާސީ ކަމެއްކަމުގައި ހެދުމާ މި ނަޖިސް ޢަމަލު ދިފާޢު ކުރުމާ، ގަޒްފުކުރުމާ، މިކަހަލަ އެތައް ކަމެއް ފެނިފައިވުމުން މިހިނދުން މި ހިނދަށް މަޖިލިސްގެ ރައީސްކަމުންނާއި، މެންބަރުކަމުންނާއި، އެމްޑީޕީ އިން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީއަށް އަށް ގޮވާލާފައެވެ.