ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ހެޑުގެ މަގާމުގައި ހުންނެވި އަހުމަދު މުޖްތަބާ ކުއްލިގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މުޖުތަބާ ކުއްލިގޮތަކަށް ނިޔާވީ އޭނަގެ އުފަން ރަށް ކަމުގައިވާ ގއ. ދެއްވަދޫގައި އާއިލާ ކައިރީގައި އުޅެނިކޮށް ކުއްލިގޮތަކަށް ދެ ކިޑްނީ ފެއިލް ވެގެންނެވެ.
ރާއްޖޭގެ ޕްރޮކިއުމަންޓް ދާއިރާގެ އެންމެ ތަޖުރިބާހުރި އެއް ބޭފުޅެއްކަމަށްވާ ޒުވާން މުޖުތަބާއާއެކު މަސައްކަތްކުރާ ފިނޭންސުގެ މުވައްޒަފަކު ބުނިގޮތުގައި އޭނާ މުޖުތަބާއާއެކު އިއްޔެ ނޫން ކުރީ ދުވަހު ވެސް ވާހަކަ ދެއްކިއެވެ. އޭގެފަހުން ލިބުނީ އޭނާ ބަލިވެގެން ހޮސްޕިޓަލަށް ދިޔަ ހަބަރެވެ. އަދި ގދ. ތިނަދޫ ހޮސްޕިޓަލުގައި ހެދި ޓެސްޓްތަކުން ކިޑްނީ ފެއިލްވެފައި ހުރިކަން އެނގުމުން މާލެ ގެނައުމުގެ މަސައްކަތް ފެށިއެވެ.
ހަތަރު ކުދިންގެ ބައްޕައެއް ކަމަަށްވާ މުޖުތަބާ ނިޔާވިއިރު އޭނާ ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެކްޒެކެޓިވް ހެޑް އޮފް ޕްރޮކިއުމަންޓް ޕޮލިސީ ޑިޕާޓްމަންޓުގައެވެ.