English Edition
Dhivehi Edition

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް ފަށައިފިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއެއް ފެށުމުގެ ގޮތުން ބޭނުންވާ މައުލޫމާތު އެއްކުރުމާއި ކަމާއިބެހޭ އިދާއިރާތަކާއެކު މަޝްވަރާކުރެއްވުމުގެ ގޮތުން މި ޓީމުން ވަނީ އައްޑޫސިޓީ ކައުންސިލާވެސް ބައްދަލުކޮށްފައެވެ.

ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ވިދާޅުވީ، މިމަޝްރޫޢު ފެށުމަށްޓަކައި ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓް ކޮންސެޕް ނޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި މައުލޫމާތު އެއްކުރަމުން ދާ ކަމަށެވެ. އެގޮތުން އެމިނިސްޓްރީއާއި ޖައިކާގެ ޓީމުން އައްޑޫސިޓީގެ ގޮނޑުދޮށްތައް ޙިމާޔަތްކުރަން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުންވަނީ އައްޑޫގެ ގޮނޑުދޮށްތަކުގެ ހާލަތާއި ގުޅޭ މަޢުލޫމާތު ޖައިކާގެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ.