English Edition
Dhivehi Edition
28 އޮކްޓޫބަރު 2020: އައްޑޫ ސިޓީއަށް ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ލަޤަބު ދިނުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ އަދި ފުވައްމުލައް ބަޔޯސްފިއަރ ރިޒާވް ލޯގޯ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަން ޝައުޤުވެރިވާ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލްއާއި ގުޅިގެން އެ މިނިސްޓްރީގެ ފަރާތުން، އައްޑޫ އަދި ފުވައްމުލައް ބަޔޯސްފިއަރ ރިޒާވް ލޯގޯ ޑިޒައިން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ “މައުލޫމާތު ޝީޓު” އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށާއި، ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެ ކަމަށެވެ. އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުށަހަޅާނީ 11 މާރިޗު ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ އަނބުރާ ރައްދު ކުރެވޭނެ ކަމަށާއި، ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 11 މާރިޗު ވާ ބުރާސްފަތި ދުވަހު 11:00 ގައި، އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.