English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް، ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުގެ މެންބަރުން ބޮއިކޮޓް ކޮށްފި އެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ޖަލްސާގައި ކުރަމުން ދިޔަ އިހްތިޖާޖް ހުއްޓާލައި ޖަލްސާ ބޮއިކޮޓް ކޮށް މިއަދުގެ ޖަލްސާއަށް ހާޒިރުނުވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ބަޖެޓް ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އެކަން ފާހަގަކުރައްވާ އިދިކޮޅު މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އިދިކޮޅު މެންބަރުންނަކީ ރައްޔިތުންނަށް އިހްލާސްތެރި ބައެއް ނޫން ކަަމަށްވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ ސަރުކާރަށް ތާއީދުކުރައްވާ 23 މެންބަރުންނާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާ ފެށިގެން ކުރިއަށްދާއިރު މިއަދު ނޫނީ ހުރިހާ ދުވަހަކުވެސް ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައިވެ އެވެ.