English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

މިއަދު ވެސް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.

މެޓުން ބުނީ އުތުރާއި މެދުރާއްޖޭގެ ސަރަހައްދަށް، ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

މެޓުން ބުނީ އުތުރާއި މެދުރާއްޖޭގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި، ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައިި ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެކަމަށެވެ.

ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.