English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

ދިޔަވަރު ބޮޑުވާ ވަގުތުގައި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ދެކުނުގެ އަތޮޅުތަކުގެ ރަަށްތަކަށް އުދަ އަރާފާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ވެސް ވަނީ ނެރެފައެވެ. އަދި ކަނޑުދަތުރު ކުރމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފައިވާއިރު، މޫސުމީ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.