English Edition
Dhivehi Edition

ބޭނުންވާ ތަކެތި: 3/4 ޕައުންޑް ސޮސެޖް 1 ސައި ސަމްސާ ބަޓަރު 4 ފިޔާ ކޮށާފައި 1/2 ޕައުންޑް މަޝްރޫމް ފޮތިކޮށްފައި 10 ބިސް ގިރާފައި 1 ދަޅު ލޯފެޓް ކޮޓޭޖް ޗީޒް 1 ޕައުންޑް ޝްރެޑެޑް ޗީޒް 2 ބޮޑު މިރުސް 1 ޖޯޑު ފުށް 1 ސައިސަމްސާ ބޭކިން ޕައުޑަރ 1/2 ސަމްސާ ލޮނު 1/3 ޖޯޑު ބަޓަރު ދިޔާކޮށްފައި   ތައްޔާރުކުރާނެ ގޮތް: އެންމެ ފުރަތަމަ ސޮސެޖް ތައް ފުން ތެއްޔަކަށް އެޅުމަށްފަހު އާދައިގެ ގިނީގައި ކައްކާށެވެ. މުށިކުލަ އަރާވަރަށް ކެކުމުން ސޮސެޖްތެރެއަށް ދިޔާކޮށްފައި ހުރި ބަޓަރާއި ފިޔާ އަދި މަޝްރޫމް އަޅައިގެން ރަނގަޅަށް މީރުކޮށްލާށެވެ. ދެން އެހެން ތައްޓެއްގައި ބިސް، ޗީޒްތައް އަދި ބޮޑު މިރުސްކޮޅު ރަނގަޅަށް އެއްކޮށްލައްވާށެވެ. ދެން އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ފިޔާކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު ކަވަރ ކޮށްލާށެވެ. ދެން ރޭގަނޑު އެއްކޮށް އައިސްއަލަމާރިއަށް ލާފައި ބަހައްޓާށެވެ. 175 ޑިގްރީއަށް އަވަން ހޫނުކުރުމަށްފަހު ބޭކިން ޑިޝްއެއްގައި ބަޓަރު ހާކާލާށެވެ. ދެން ތަށްޓަކަށް ފުށް، ބޭކިންޕައުޑަރު، އަދި ލޮނު އަޅައިގެން އެއްކޮށްލާށެވެ. ދެން ދިޔާކޮށްފައި ހުރި ބަޓަރުކޮޅާއެކު ރަނގަޅަށް ގިރާލުމަށްފަހު ކުރިން ތައްޔާރުކުރި މިކްސަރ އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޭކިން ޑިޝް އަށް އަޅާލުމަށްފަހު 40-50 މިނެޓް ވަންދެން ފިހެލުމުން ތައްޔާރުވީއެވެ.