English Edition
Dhivehi Edition

މަޑަވެލި ހޯޑެއްދޫގެ މިފަހަރު މި އަރައިގެން ދިޔަ އުދައިގަ އެންމެ ބޮޑު އަސްލަކަށް ވެފަ އޮތީ އެތަނުގަ އެޅުނު ކޯސްވޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެޕާޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ނާޒިމް ވިދާޅުވީ ކޯސްވޭ ހެދުމަށްޓަކައި ދީފަހުރި އިރުޝާދާ ޚިލާފަށް އެކަން ކޮށްފައިވާ ކަމަށެވެ.

އެހެންވެ، ނާޒިމް ވަނީ މިފަދަ ކަންތައް ނުކުރުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުކަން ފާހަގަކުރައްވާ އެފަދަ ކަންކަމުން އިއާދަނުކުރެވޭ ވަރުގެ ގެއްލުން ރައްޔިތުންނަށް ލިބެމުންދާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އަވަސް އަރުވާލައިގެން މަޝްރޫއުތައް ނިންމާލާ މަންޒަރު މިހާރުފެންނަމުންދާ ކަމަށެވެ.

އޭގެ ސަބަބުން ރަށްރަށުގެ ވެށިތަކަށް ލިބޭ ގެއްލުން ބޮޑު ކަމަށާއި ފޫނުބެއްދޭ ވަރުގެ ނޭދެވޭ އަސަރު ކުރާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ އެ ޕާޓީން އަބަދުވެސް ތަރުހީބުދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކޮމަންޑޫގެ އިންތިޚާބުގައި މަތިކޮމަންޑޫ ގުޅާލަން ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ހިއްކާ ސަރަހައްދަށް ވެލި އަޅާލިއިރު، ފަރު ހަލާކުވެގެން ދިޔަ ކަމާއި، މީގެ ދޮޅު އަހަރު ކުރިން ހުޅުވި ހޯރަފުށި އެއަރޕޯޓަށް އެރި އުދައިގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށާއި މިއީ ދައުލަތުގެ ފައިސާއިން ކުރަން ވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

1 ކޮމެންޓް
ފޒ
ޖުލައި 6, 2022
އެއްމެރަގަޅު ތިމަރަފުއްޓަށާއި އައދިރާއްޖޭގެ އެހެނިހެން ރައްތަކަށް އުދައެރީ ކޮންކަހަލަ ވޭއެއްގެ ސަބަބުންތޯ؟މިފަހަރު އުދައެރި ރައްތަކަށް އުދައަރާފައި ވަނީ އެރައްތަކުގެ އަހުލުވެރިންގެ އުޅުމާއި އަމަލުތަކުގެ ސަބަބުން ޖާހިލުކަމާއި އެކު ޝިރުކށް ނަފުސުތަށް ދޫކުރުމުގެ ސަބަބުން الله تعالیގެ ނިޔާފުޅު ކޯދުވޭ އެއް ބޯދުވޭއެއްގެ ސަބަބަކުން ނޫން