English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު - ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ،” އުލަމާ ކޮންފަރެންސް”ގައި ބައިވެރިވެވަޑައިގެންނެވުމަށް މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ޚާއްސަކޮށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި، މި ހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ.

މިއީ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް މެލޭޝިޔާ (ޖަކީމް) އާއި މުސްލިމް ވޯލްޑް ލީގުން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ބައެއް ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގެ މަޤްޞަދުގެ ތެރޭގައި އުއްމަތުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ހަރުދަނާކުރުމުގެ އިތުރުން މުސްލިމް ލީޑަރުންނާއި މުޅި މުޖުތަމަޢުގެ މެދުގައި އެއްބައިވަންތަކަމާއި އިންސާފާއި ހަމަޖެހުމުގެ ތަޞައްވުރަށް ހޭލުންތެރިކަން ފެތުރުން ހިމެނެއެވެ.

މި ކޮންފަރެންސްގައި 17 ޤައުމެއްގެ މުސްލިމް ލީޑަރުންނާއި ފާހަގަކޮށްލެވޭ ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.