English Edition
Dhivehi Edition
ފޮޓޯ: އިބްރާހިމް އަބްދުﷲ

” ހިތަދޫ އަވަށުގެ މަސްވެރިންގެ ދަފްތަރު ” އެކުލަވާލުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލް އިން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއީ މަސްވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މި ދަފުތަރުގައި ކަޅުބިލަ މަހުގެ މަސްވެރިކަން އަދި ކަންނެލި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ދޯނިފަހަރުގެ ކެޔޮޅުންނާއި ފަޅުވެރިން ހިމެނުމަށްވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫ އަވަށުގެ މަސްވެރިންގެ ދަފްތަރުގައި ބައިވެރިވުމަށް ދޯނީގެ ރަޖިސްޓަރީ ކޮޕީ ކެޔޮޅު އަދި ފަޅުވެރިންގެ އައިޑީކާޑު ކޮޕީ އަދި ގުޅޭނެ މޮބައިލް ނަންބަރު ފޮނުވައި ދިނުމަށް އެދިފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ މިމަޢުލޫމާތު 28 ޖޫން 2022 ގެ 12:00 ގެ ކުރިން ޙިއްސާކޮށްދިނުމަށްވެސް އެދިފައެވެ.