English Edition
Dhivehi Edition

މޯލްޑިވިއަން ގެ ޑޮމެސްޓިކް ފްލައިޓުތަކަށް ބާރުބޮޑުވެ، އިތުރު ފްލައިޓުތަކެއް ބާއްވަން ނިންމައިފިއެވެ.

ގައުމީ އެއަރލައިނުން ބުނީ އިތުރު ފްލައިޓުތައް ބާއްވާނީ މިމަހުގެ 26 ން އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ މާލެ، ފުނަދޫ އަދި ހޯރަފުށި ރޫޓަށް ދަތުރު އިތުރުކޮށްފައިވާ ކަމަށާއި އަދި މާލެ، ތިމަރަފުށި، ކައްދޫ ރޫޓަށް ވެސް އެ ދުވަހު ދަތުރު އިތުރު ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެ އެއަރލައިނުން ވަނީ މިއަހަރުގެ ބޮޑު އީދާއި ދިމާކޮށް ތައިލެންޑުގެ ވެރިރަށް ބެންކޮކާއި މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ހަމަޖައްސާފައެވެ.