English Edition
Dhivehi Edition

ޢާންމު ރައްޔިތުންގެ ޕާޓީ އުފައްދަން ދީފައިވާ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލުކޮށްފިއެވެ.

އެ ކޮމިޝަނުން މި ހުއްދަ ބާތިލުކުރީ ޕާޓީ އުފައްދަން ދިން ހުއްދައިގެ މުއްދަތު ހަމަވި އިރު، އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާތީއެވެ.

އާންމު ރައްޔިތުންގެ ޕާޓީ”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސ. ހިތަދޫ، ކަނަދޫގެ، އަހުމަދު ސައީދަށެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުންދޭތާ ތިން މަސް ދުވަހުގެ ތެރޭ 3000 މެންބަރުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ.

އެ އަދަދަށް މެންބަރުންގެ ފޯމު ސައްހަ ކަމަށްވާ ނަމަ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދޭނެއެވެ. ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ މި ކަންކަމަށް ފަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ވެސް 11 ޕާޓީއެއް އެބަ އޮތެވެ.