English Edition
Dhivehi Edition
ޙައްޖު މިޝަންގެ ވަފްދު ފުރާވަޑައިގެންނެވުމަށް އެއަރޕޯޓްގައި/ފޮޓޯ އިސްލާމިކް މިނިސްޓްރީ

1443 ވަނަ އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގެންފިއެވެ.

މިއަހަރުގެ ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 5 ބޭފުޅުންނެވެ.

ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ޚާއްސަ މިޝަނެއް އެކުލަވާލައްވައެވެ. އެ މިޝަންއިން ސަޢޫދީ ޢަރަބިއްޔާގައި ޤާއިމްވެ، ރާއްޖެއިން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ޙާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދޭނެއެވެ. މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ

ރާއްޖެއިން މިއަހަރު ޙައްޖަށްދާން ޙައްޖާޖީން ފުރަން ފަށާނީ މި ހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.

މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 26ވަނަ ދުވަހާއި، 29ވަނަ ދުވަހާއި، ޖުލައި މަހުގެ 2ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ. cubase 8 pro full