English Edition
Dhivehi Edition
31 ޖެނުއަރީ 2020ގައި ބޭއްވި ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްﷲ ހަމީދު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނެރުނު ތްރީ ލައިން ވިޕާއި ހިލާފުވި ފަސް މެމްބަރަކަށް މިއަދު ފިޔަވަޅުއަޅައިފިއެވެ.

އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އެ ފަސް މެމްބަރުންނަށް މިއަދު ނަސޭހަތް ދީފައިވާކަމަށެވެ.

ފަނޑިޔާރު ހަމީދު ވަކި ކުރަން ޖޫން އެއް ވަނަ ދުވަހު އެމްޑީޕީ އިން ނެރުނު ވީޕް ލައިނާއި އެއްގޮތަށް ވޯޓު ދެއްވީ 29 މެމްބަރުންނެވެ. އެ ވިޕް ލައިނާއި ހިލާފަށް ވޯޓު ދެއްވީ ފަސް މެންބަރެކެވެ. އެ މެމްބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ، ތިނަދޫ ދެކުނު އަބްދުﷲ ސަނީފް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް، ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްﷲ ހަމީދު މަގާމުން ވަކި ކުރުމަށް ޖޭއެސްސީން އަށް ހުށަހަޅާފައިވަނީ ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާއި ހަވާލުވި މައްސަލައިގައެވެ.